އާންމުކޮށް ކުރެވޭ ސުވާލުތައް
އިނގިރޭސި ބަހުން ކިޔުއްވުމަށްޓަކައި މިތަނަށް ކްލިކް ކޮށްލައްވާ
ތިޔަ ޖަމްޢިއްޔާއިން ދޭ ޚިދުމަތަށްއް އެއްވެސް ފައިސާއެއް ދައްކަން ޖެހޭނެތަ؟
ނޫން. މި ޖަމްޢިއްޔާއިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ހިލޭ ސާބަހަށް ފޯރުކޮށްދޭ ޚިދުމަތްތަކެއް.
ތިޔަ ޖަމްޢިއްޔާއިން ފޯރުކޮށްދެނީ ކޮންކަހަލަ ޚިދުމަތެއް؟
މި ޖަމްޢިއްޔާގެ ފަރާތުން ޤާނޫނީ ލަފާދިނުމުގެ އިތުރުން ކޯޓު ފޯމްތައް ފުރައިދިނުމާއި، މުއައްސަސާތަކަށް ސިޓީ ލިޔުމާއި، ކޯޓުގައި ތަމްސީލްކޮށްދިނުމުގެ ޚިދުމަތްތައް ފޯރުކޮށްދެން.
ތިޔަ ޖަމްޢިއްޔާއިން އެހީވެދެނީ ހަމައެކަނި އަންހެނުންނަށްތަ؟
ނޫން. އަޅުގަނމެންގެ ޚިދުމަތްތަކަކީ އަންހެނުންނަށާއި ފިރިހެނުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކެއް.
ތިޔަ ޖަމްޢިއްޔާގެ ޚިދުމަތް ހޯދަން މާލެެ އަންނަން ޖެހޭނެތަ؟
ނޫން. އަޅުގަނޑުމެންގެ ޚިދުމަތްތަކަށް ފޯނުގެ ޒަރިއްޔާއިންނާއި އޮންލައިންކޮށް ވާސިލްވެވޭނެ.
ތިޔަ ޖަމްޢިއްޔާއިން އެހީވެދެނީ ހަމައެކަނި ދިވެހިންނަށްތަ؟
ނޫން. އަޅުގަނޑުމެންގެ ޚިދުމަތް ހޯދަން އަންނަ ފަރާތުގެ މައްސަލައަކީ ރާއްޖޭގައި ހިނގި މައްސަލައެއްކަމުގައިވާނަމަ، ނުވަތަ ރާއްޖޭގެ ރައްޔިތަކަށް ދައުވާކުރާ މައްސަލައެއް ކަމުގައިވާނަމަ، އަޅުގަނޑުމެންގެ ޚިދުމަތްތައް ދިވެހިންނަށާއި ބިދޭސީންނަށް ފޯރުކޮށްދެން.
ގޯތީގެ މައްސަލަތަކުގައި ތިޔަ ޖަމްޢިއްޔާއިން އެހީވެދޭތަ؟
ނޫން. އެހެންނަމަވެސް، ޢާއިލީ އެހެނިހެން މައްސަލަތަކުގައި (މިސާލަކަށް ހަޟާނާތް، ވަރި، ކާވެނި، ޚަރަދު ފަދަ މައްސަލަތައް) މި ޖަމްޢިއްޔާއިން އެހީތެރިވެދޭނެ.